ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ތާރީޚުގައި މިއަދަކީ ފާހަގަކޮށްލެވޭނެ ދުވަހަކެވެ. ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުން މިއަދު ހިނގައިދިޔަ ހާދިސާތަކަކީ ކާމިޔާބީއެއް ކަމަށް ދެކި، އުފާ ފާޅުކުރި ނަމަވެސް ބޭރުގެ މީޑިޔާތަކާއި އިންޓާރ-ޕާލަމެންޓްރީ ޔޫނިއަންފަދަ މުއައްސަސާތަކުން ދެކެނީ މިއަދަކީ ކަޅު ދުވަހެއްގެ ގޮތުގައެވެ.
#Maldives Parliament members being removed from parliament building by military pic.twitter.com/BHpPGMdlvp
— Sidhant Sibal (@sidhant) July 24, 2017
ބޭރު ގައުމުތަކުން މިއަމަލު ސިފަކުރަނީ ގާނޫނާއި ޚިލާފަށް ސިފައިންނާއި ފުލުހުން ބައިވެރިވެގެން މަޖިލިސް ތަޅުލައި، މެމްބަރުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އެޅުމުގެ އަމަލެއްގެ ގޮތުގައެވެ. ރޮއެޓާސް، އަލް ޖަޒީރާ ފަދަ ބޮޑެތި ބައިނަލްއަގުވާމީ ނޫސް އިދާރާތަކުން ރިޕޯޓުކޮށްފައިވަނީ ސަރުކާރުން މަޖިލީހުގެ މައްޗަށް "ބާރު ފޯރުވާފައި" ވާ ކަމަށެވެ.
"އަލް ޖަޒީރާ" އިން މިއަދުގެ ހާލަތު ދުނިޔެއަށް ކިޔާ ދީފައިވަނީ ސުރުހީގައި "ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ހުއްޓުވަން މަޖިލިސް ތަޅުލައިފި" ޖަހާފައި އޮތް ހަބަރަކުންނެވެ.
The Maldivian army has locked down the country's parliament https://t.co/BU7Ms2LqBN pic.twitter.com/7w34vygBo9
— Al Jazeera English (@AJEnglish) July 24, 2017
ޑެއިލީ މެއިލްއިންވެސް މިފަދަ އިބާރާތަކުން ޚަބަރު ގެނެސްދީފައިވާއިރު ރޮއެޓާސް އިން ހަވާލާދީފައިވަނީ އިދިކޮޅު އިއްތިހާދާއެވެ. ރޮއެޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިދިކޮޅު އިއްތިހާދުން ބުނެފައިވަނީ ސަރުކާރުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ހުރަސްއަޅަން މަޖިލިސް ބަންދުކޮށްފައިވާ ކަމަށެވެ.
Maldives opposition says blocked from entering parliament for impeachment vote https://t.co/Kcs7jQGxwF
— Reuters World (@ReutersWorld) July 24, 2017
ދިފާއީ ބާރު ބޭނުންކޮށްގެން ދިވެހި ސަރުކާރު މަޖިލިސް ހުއްޓުވުމަށް މަސައްކަތް ކޮށް، މެމްބަރުން މަޖިލީހަށް ވަނުމަށް ހުރަސްއަޅާފައިވާ ކަމަށް މުޅި ދުނިޔޭގައި މިއަދު ވަނީ ހަރު އަޑުން ޚަބަރު ފެތުރިފައެވެ. ބައިނަލްއަގުވާމީ މަޖިލީހުގެ އިދާރާ، އައިޕީޔޫ އިންވެސް ވަނީ ރާއްޖޭގެ މިއަދުގެ ހާލަތުގެ ސަބަބުން ކަންބޮޑުވުން ފާޅުކޮށްފައެވެ.