ކޯޓު އަމުރެއްގެ ދަށުން ތުލުސްދޫ ދާއިރާގެ މެމްބަރ މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ފުލުހުން ހައްޔަރުކޮށްފި އެވެ.
ވައްޑެވަނީ މިއަދު މަޖްލިސް ކުރާ ގޭ ކައިރިން ހައްޔަރުކޮށް ބަޔާން ނެގުމަށްފަހު ދޫކޮށްލާފައެވެ. ވައްޑެ ހައްޔަރު ކުރީ ކޮން ސަބަބަކާއި ގުޅިގެންކަން ސާފެއް ނުވެއެވެ.
ވައްޑެގެ މަޖްލިސް ގޮޑި ގެއްލިފައިވާކަމަށް އިލެކްޝަން ކަމިޝަނުން ނިންމި ނަމަވެސް ގޮޑި ގެއްލުނުކަމަށް ސްޕްރީމް ކޯޓުން އަދި ކަނޑަނާޅައެވެ.
ވައްޑެ ވަނީ މައްސަލަ ބަލައިދިނުމަށް އެދި ސްޕްރީމް ކޯޓަށް ހުށަހަޅާފައެވެ. އަދި ސްޕްރީމް ކޯޓުން މިއަދު ވަނީ މައްސަލަ ބަލަން ނިންމާފައިވާކަން ވައްޑެއަށް އަންގަވާފައެވެ.