Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

މީ ކޮން މަޝްވަރާއެއް؟

އިންޑިއާއިން ރާއްޖެ ކަނޑައަޅުއްވާފައިވާ ސަފީރު އިކިލޭޝް މިޝްރާގެ ދެކަބަލުންނާއި އެކު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހްމަދު މަހްލޫފު އާއިލާ އާއިއެކު ހުންނެވި ފޮޓޯ އަކާއި އެކު ބޮޑު ސުވާލެއް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ނައިބް ލީޑަރ ރިޔާޒު ކުރައްވައިފިއެވެ.

ރިޔާޒު ޓްވިޓާގައި އެ ފޮޓޯ ޝެއާ ކުރައްވައި ވިދާޅުވީ "ސަފީރުން އިދިކޮޅު ފަރާތްތަކާއި އެކު މިކުރަނީ ކޮން މަޝްވަރާއެއްތޯ އާއި ޖަލުން ނިކުމެ ޖެހިގެން އަންނަ ދުވަހު ސަފީރާއި އެކު އަނެއް ދުވަހު މުޒާހަރާގައި" ކަމަށެވެ.

ރިޔާޒުގެ އެމެސެޖުގައި ނުސީދާކޮށް އަމާޒު ކުރައްވާފައިވަނީ އިންޑިޔާގެ ސަފީރު އަކިލޭޝްއަށެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހް ހަލަބޮލިވެފައިވާ މި ދުވަސްވަރު ރިޔާޒު އެފަދަ ފޮޓޯއެއް ޓްވީޓް ކުރެއްވީ ކޮން ސަބަބަކާއި ގުޅިގެންކަން ސާފެއް ނުވެއެވެ.

މަހްލޫފް ޖަލުގައި އޮންނެވި ދުވަސް ތަކުގައި މަހްލޫފްގެ އަނބިކަބަލުން ވަނީ އިންޑިއާގެ ސަފީރު އާއި ބައްދަލު ކުރައްވާފައެވެ.