Last Updated: June 22, 18:40
Monday, June 22, 2026
ޚަބަރު

ވަކި ސްޓޭޝަނަކާ ދޭތެރޭ ތަފާތު ކުރުމެއް ނެތް: ބްރޯޑްކޮމް

ބްރޯޑްކޮމްގެ ރައީސް، މުހައްމަދު ޝަހީބް: ފޮޓޯ - މިހާރު

ވަކި ސްޓޭޝަނަކަށް ވަކި އަދަބެއް ދޭގޮތަށް ތަފާތުކުރުމުގެ އުސޫލެއް ނުގެންގުޅޭ ކަމަށާއި ހުރިހާ މީޑިޔާތަކަށްވެސް ގެންގުޅެނީ ހަމަހަމަ މިންގަޑެއް ކަމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނެފިއެވެ.

ބޮރޯޑްކޮމްގެ މެމްބަރަކާ ހަވާލާދީ "ސަން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިއްޔެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސަލާމަތީ ބާރުތަކާއި ދެމެދު ހިނގި ހަމަނުޖެހުންތައް ގެނެސްދިން ޓީވީ ސްޓޭޝަންތަކާ ބެހޭ މައްސަލަ ބްރޯޑްކޮމްއަށް ވަނީ ހުށައަޅާފައެވެ.

އަދި މިހާރު އެމައްސަލަތައް ބަލަމުންދާ ކަމަށާއި އަމަން ނަގާލުމަށް މަގުފަހިވާ ކޮންޓެންޓު ދައްކާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅާނެ ކަމަށް މެމްބަރު ވިދާޅުވެފައިވެއެވެ. އަދި ބްރޯޑްކާސްޓު ކުރުމުގެ މިންގަނޑާ ހިލާފުވާނަމަ އެ ސްޓޭޝަނެއްގެ ލައިސަންސް ސަސްޕެންޑު ކުރުމުގެ ބާރު ކޮމިޝަނަށް ލިބިފައިވާ ކަމަށްވެސް މެމްބަރު ވިދާޅުވެފައިވެއެވެ.

ބްރޯޑްކޮމް އިން ވަނީ އިއްޔެގެ ކުރިން މީޑިޔާތަކުން ގަވާއިދާ ހިލާފު މުޒާހަރާ ލައިވްކުރާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ. ނަމަވެސް ރާއްޖެ ޓީވީ އިން ވަނީ ގާނޫނު އަސާސީއިން ލިބިދޭ ހައްގެއް ބްރޯޑްކޮމްއަށް އުނިނުކުރެވޭނެ ކަމަށް ބުނެ އިއްޔެގެ މުޒާހަރާ ވަގުތުން ދުރަށް ދައްކާފައެވެ.