Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒު ޝަރީފް ރާއްޖެ ވަޑައިގެންފި

ރައީސުލް ޖުމްހުރިއްޔާގެ ހާއްސަ ދައުވަތަކަށް ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒު ޝަރީފްގެ ދެކަނބަލުން މިއަދު މެންދުރު ރާއްޖެ ވަޑައިގެންފިއެވެ.

ނަވާޒު ރާއްޖެ ވަޑައިގެންފައި މިވަނީ މިނިވަން ދުވަހުގެ ހާއްސަ މެހްމާނެއްގެ ގޮތުގައެވެ. ނަވާޒުގެ ދެކަބަލުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސަރުކާރުގެ އިސްވެރިން ވަނީ ރަތް ދޫލައިގެ މަހުހަބާއެއް ކިޔާފައެވެ.

ނަވާޒު ރާއްޖެ ވަޑައިގަންނަވަން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ނިންމެވިއެވެ. ނަމަވެސް ތަފާތު ސަބަބުތަކާއި ގުޅިގެން އެ ދެ ފަހަރުވެސް ރާއްޖެ ވަޑައިގެންނެވޭ ގޮތެއް ނުވިއެވެ.

ނަވާޒު ޝަރީފްގެ މި ދަތުރުފުޅުގައި ދިވެހިރާއްޖެ ޕާކިސްތާނާއި ދެމެދު ރަސްމީ އެއްބަސްވުންތަކެއްގައި ސޮއި ކުރެވިގެންދާނެކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.