Last Updated: May 1, 13:46
Thursday, May 1, 2025
ޚަބަރު

ޖޭޕީގެ މައި ޖަގަހަ ކުނޫޒް ފުލުހުން ފާސް ކުރަނީ

ޖުމްހޫރީ ޕާޓީގެ މައި ޖަގަގަ މ. ކުނޫޒްގައި ސިޔާސީ ހަރަކާތްތައް ބާއްވަން ރެއިން ފެށިގެން ފުލުހުން އަޅަމުން ގޮސް މިރޭ އެތަނަށް ވަދެ އެތަން ފާސް ކުރަން ފަށައިފި އެވެ.

ކުނޫޒް ފާސް ކުރަނޫ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި ތިން ދުވަހުގެ މުއްދަތަށް މިރޭ ހައެއް ޖެހިިއިރު ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވާ ގޮތުގައި ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ އާއި އަދާލަތު އަދި "މި ނޫން ވެސް ބައެއް ފަރާތްތައް އިސްކޮށް ތިބެ" ގެންދަނީ ސަރުކާރު ހިންގުމަށް ދަތިވާ ގޮތަށް އަމަލުކިށް ސަރުކާރު ވައްޓާލަން ރާވަމުންނެވެ.

އަދި ރައްޔިތުންގެ މަޖިލިހުގެ ރަސްމީ މަސައްކަތްތަކަށް ހުރަސް އަޅަން އުޅޭ ކަމަށް ވެސް އަމުރުގައި ތުހުމަތުކޮށްފައިވެ އެވެ.

ފުލުހުން ކުނޫޒަށް ވަދެ ބަލާ ހޯދަން އެދިފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ "ސަރުކާރު ބަދުނާމްވާ ގޮތަށް ލިއެފައިވާ ލިއެކިއުންތަކާއި ބެނާތަކާއި ފޮތިތަކާއި ސީސީޓީވީ ފުޓޭޖް" އެވެ.

ކްރިމިނަލް ކޯޓްހެ ވަގުތީ ފަނޑިޔާރު އާދަމް އާރިފް ނެރުއްވި އަމުރު ބިނާކުރެއްވީ، ސިޔާސީ އިދިކޮޅު ލީޑަރުންގެ ގެދޮރު ފާސްކުރާށާއި އަދި ހައްޔަރު ކުރަން ފުލުހުން ހުށަހަޅަމުން އަންނަ "ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ ސިއްރު މައުލޫމާތުތަކަ"ށެވެ.