Last Updated: June 24, 09:40
Wednesday, June 24, 2026
ޚަބަރު

ގާސިމްގެ ހާލަތާ ގުޅިގެން މިރޭގެ އަޑު އެހުން ކެންސަލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރ އަދި ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމްގެ މައްޗަށް ކުރާ ޝަރީއަތުގެ މިރޭގެ އަޑުއެހުން ގާސިމްގެ ބަލި ހާލަތު ހުރި ގޮތުން ކެންސަލްކޮށްފިއެވެ.

ސިއްރުން ބާއްވަން ނިންމި ޝަރީއަތް ކެންސަލް ކުރިއިރު 8 ޖެހިއިރު ގާސިމް ވަނީ ކޯޓަށް ވަޑައިގެންފައެވެ. މިރޭގެ ޝަރީއަތުގެ މަޖިލީހުން ނިކުމެ ވަޑައިގެން ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިން ވިދާޅުވީ ގާސިމްގެ ބަލި ހާލަތު ހުރި ގޮތުން ޝަރީއަތް ކެންސަލް ކޮށްދެއްވުމަށް އެދިވަޑައިގަތުމުން ގާޒީ އެހެން ތާރީހަކަށް ޝަރީއަތް ފަސްކޮށްދެއްވާފައިވާ ކަމަށެވެ.

ގާސިމްގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވާ އިރު މިހާރު ކުރިއަށް ގެންދަނީ މަޖްލިސްގެ ރައީސް އަބްދުﷲ މަސީހު ބޭރުކުރުމަށް މެމްބަރުންނަށް ރިޝްވަތު ދެއްވިކަމުގެ ތުހުމަތުގެ ދައުވާއެވެ.

ގާސިމްގެ ޝަރީއަތް ކެންސަލް ކުރިއިރު ޖުމްހުރީ ޕާޓީގެ މައި ޖަގަހަ "ކުނޫޒު" ފުލުހުން ދަނީ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސް ކުރަމުންނެވެ.