Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

ސައުދު ހައްޔަރު ކުރުމަށް ފަހު ދޫކޮށްލައިފި

ގޮޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކަމިޝަނުން ނިންމާފައިވާ ގއ. ވިލިނގިލީ ދާއިރާގެ މެމްބަރ ސައުދު ހުސެއިން ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށައް ގެންދިއުމަށްފަހު ދޫކޮށްލައިފިއެވެ.

ސައުދު ފުލުހުންގެ ބަންދުން ދޫކޮށްލާފައިވަނީ ހައްޔަރު ކުރުމުގެ އިޖުރާއުތައް ފުރިހަމަ ނުވާތީ ކަމަށް ބުނެއެވެ.

ޖުމްހުރީ ޕާޓީގެ ޖަގަހަ ކުނޫޒުގައި ހުއްޓާ ސައުދު ހައްޔަރުކޮށްގެން ފުލުހުން ގެންދިޔަ އިރު ކޯޓު އަމުރުގައި ތުހުމަތު ކުރެވޭ މީހަކަށް ސައުދު ހުސެއިންގެ ނަން ޖަހާފައިވާ އިރު މައްސަލައިގެ ތަފްސީލްގައި ލިޔެފައިވަނީ މުހައްމަދު އަމީތު އަހުމަދު މަނިކުގެ ނަމެވެ. މިއީ ކާކު ހައްޔަރު ކުރަން ނެރުނު އަމުރެއްތޯ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ދިޔައީ ސުވާލު އުފައްދަމުންނެވެ.

ސައުދު ފުލުހުންގެ ބަންދުން ދޫކޮށްލުމާއި ގުޅިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކިތަންމެ ވަރަކަށް ބިރު ދެއްކި ނަމަވެސް ދެން ރައީސް ޔާމީން ބޭނުންފުޅުވާގޮތަކަށް ކަންކަން ނުވާނެކަމަށާއި ބިރު ދައްކައިގެން މަޖިލީހުގެ މެމްބަރުންތަކެއް ހައްޔަރުކުރުމަކީ ހައްލެއް ނޫން ކަމަށެވެ.

ސައުދު ވިދާޅުވީ މިހާރު ދޫކުރި ނަމަވެސް އަދި ފަހުން ހައްޔަރު ކުރާނެކަމަށް ގަބޫލު ކުރެވޭނެކަމަށާއި ބިރުން ފަހަތަށް ޖެހިވަޑައި ނުގަންނަވާނެކަމަށެވެ.