Last Updated: June 24, 09:40
Wednesday, June 24, 2026
ޚަބަރު

ސަރުކާރު ވައްޓާލަން ކުރާ "ސައްލާ" ގެ ހެއްކެއް ކުނޫޒަކުން ނުފެނުނު!

ޖުމްހޫރީ ޕާޓީއާއި އެމްޑީޕީއާ އަދާލަތު ޕާޓީ އަދި އެހެނިހެން ފަރާތްތައް އިސްކޮށްތިބެ ސަރުކާރު ވައްޓާލުމަށް ސައްލާކޮށް ރާވަމުންދާ ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ޖުމްހުރީ ޕާޓީގެ ޖަގަހަ ފުލުހުން ފާސް ކުރުމަށްފަހު ތުހުމަތު ކުރެވޭ އެއްވެސް އެއްޗެއް ނުފެންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ ފަސް ގަޑިއެއްހާ އިރު ކުނޫޒު ފާސް ކުރުމަށްފަހުއެވެ. ފުލުހުން ކުނޫޒަށް ވަނީ އެތަނުގައި ތިބެގެން ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ހިންގުމަށް ހުރަސްއަޅައި ރައްޔިތުންގެ މަޖިލީހުގެ ރަސްމީ މަސައްކަތަށް ދަތިވާގޮތަށް ކަންކަން ކުރުމުންދާކަމުގެ ތުހުތަމުގައެވެ.

ފުލުހުން ކުނޫޒު ބަލައި ފާސް ކުރިއިރު މިމަހުގެ 24 ވަނަ ދުވަހު އިދިކޮޅު މަޖްލިސް މެމްބަރުން މަޖްލިސްއަށް ދިއުމުގެ ކުރިން ވަނީ ކުނޫޒުގައި ބައްދަލުވުމެއް ބާއްވާފައެވެ. އަދި މެމްބަރުން ކުނޫޒުން ނިކުމެގެން މަޖްލިސްއަށް ދާން ފެށުމުން ފުލުހުން ވަނީ މެމްބަރުންނަށް ހުރަސް އަޅާފައެވެ.