މާފުށީ ޖަލުގައި ހަމަނުޖެހުން ހިންގައި، ގައިދީންނާއި ޖަލު އޮފިސަރުންނާ ދެމެދު ކުރިމަތިލުމެއް ހިނގައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަމަނުޖެހުމުގައި ކަރެކްޝަނަލް ސާވިސެސްގެ އޮފިސަރަކަށް ވަނީ ހަމަލާ ދީފައެވެ.
މައުލޫމާތު ލިބިފއަިވާ ގޮތުގައި ހަމަނުޖެހުން ހިނގާފައިވަނީ ނުރައްކާތެރި ގައިދީން ތިބޭ ޔުނިޓުގައެވެ. ގައިދީންނާއި ޖަލު އޮފިސަރުންނާ ދެމެދު ކުރިމަތިލުން ހިނގާފައިވަނީ އެޔުނިޓުގެ ލައިޓުތަކެއް ތަޅާލުމުގެ ސަބަބުންނެވެ.
ކުރިމަތލުމުގައި ގައިދީއެއްގެ ބޯ ފަޅައިގެން ގޮސްފައިވެއެވެ. އަދި އަނިޔާވި އޮފިރސަރު ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސް، އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައެވެ.