އެއްވެ އުޅުމުގެ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ނޫސްވެރިންގެ އަމަލް ބެހެއްޓުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އިލްތިމާސްކޮށްފި އެވެ.
Evveulhumuge minivankamuge qaanoon ( 1/2013) gaivaa gothah amalu kurehvumah ilthimass kuran & ehvunthah cover kurumah 2/4
— Maldives Police (@PoliceMv) July 26, 2017
އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމެއް ކަވަރު ކުރަމުން ދިޔަ ނޫސްވެރިންތަކެއް އަނިޔާވެރިގޮތަކަށް ފުލުހުންގެ ބެލުމުގެ ދަށައް ގެންދިއުމަށްފަހު ދޫކޮށްލާފައިވާ އިރު ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެއްވެ އުޅުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން އެއްވުންތައް ކަވަރު ކުރުމުގައި ނޫސްވެރިން ފުލުހުންގެ އަމަލުތަކަށް ދަތި ނުވާ ގޮތަށް ހެދިފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަމަލްތައް ބެހެއްޓުމަށް އިލްތިމާސް ކުރާކަމަށެވެ.
Evveulhumuge minivankamuge qaanoon ( 1/2013) gaivaa gothah amalu kurehvumah ilthimass kuran & ehvunthah cover kurumah 2/4
— Maldives Police (@PoliceMv) July 26, 2017
ފުލުހުން ގަދަ ބާރުން ރޭ ނޫސްވެރިންތަކެއް ހައްޔަރުކުރި އިރު ފުލުހުން އަމަލުކޮށްފައިވަނީ ވަރަށް ހަރުކަށި ގޮތަށެވެ. އެގޮތުން ނޫސްވެރިން އެއްވުން ލައިވް ކުރަމުންދަނިކޮށް އެމީހުން ބޭނުންކުރަމުންދިޔަ އާލާތްތަކާއި އެކު ހައްޔަރު ކުރިއިރު ބައެއް ނޫސްވެރިން ބުނީ ފުލުހުން އެންގި ގޮތަށް ހުރިހާ ފަހަރަކުވެސް އަމަލު ކުރަމުން ދިޔަ ކަމަށެވެ.
harakaai therivaa noosverinves fuluhunge masakkai thakah dhathi nuvaanehen hedhifaivaa usooluthakaa 3/4
— Maldives Police (@PoliceMv) July 26, 2017
ރާއްޖެ ޓީވީގެ ނޫސްވެރިޔާ ނަސީރު ބުނީ އޭނާގެ ދަތްދޮޅި ދަށުގައި އެސްއޯ ފުލުހަކު ވަރަށް ބާރަށް ޖެހިއިރު އޭނާ ހުރީ ފުލުހުން އެންގިތަނެއްގައި ކަމަށެވެ.
ފުލުހުން މުޒާހަރާ ކަވަރު ކުރާ ނޫސްވެރިންނާއި މުޙާޠަބްކޮށް "ގެއްލޭ" މިބަސް ބޭނުންކުރާތީވެސް އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.