Last Updated: June 23, 06:01
Tuesday, June 23, 2026
ޚަބަރު

ރައްޔިތުންނަށް އަނިޔާ ކުރި ފުލުހުންނަށް ހައްގު އަދަބު ދެވޭނެ: ނަޝީދު

ރައިސް މުހައްމަދު ނަޝީދު: ފޮޓޯ: އޭއެފްޕީ

ރައީސް އަބްދުﷲ ޔާމީންގެ އަމުރަށް އާއްމު ރައްޔިތުންނަށް އަނިޔާ ކުރި ފުލުހުންނަށް ހައްގު އަދަބު ދެވޭނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ އަމުރަށް ފުލުހުން އެއްވެސް ހަމައެއް ނެތި ރައްޔިތުންނަށް އަނިޔާ ކުރަމުންދާނީ ޔާމީން ނާކާމިޔާބު ވަމުންދާތީ ކަމަށެވެ. އަދި އެގޮތަށް ރައްޔިތުންނަށް އަނިޔާ ކުރި ފުލުހުންނަށް ހައްގު އަދަބު ދެވޭނެކަމަށެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައިވާ އިރު އިދިކޮޅު ފަރާތްތަކުން ބާއްވަމުންދާ އެއްވުންތަކާއި މުޒާހަރާތައް ފުލުހުން ރޫޅާލަނީ އިންޒާރަކާއި ނުލައި ވަރަށް އަނިޔާވެރިގޮތަށެވެ. އެގޮތުން ރޭ އެމްޑީޕީ އޮފީސް ތެރެއަށް ފުލުހުން ވަދެ ބައެއް ފަރާތްތައް ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއް ނެތިކަމަށް އެމްޑީޕީންވަނީ ބުނެފައެވެ.

މީގެ އިތުރުން ޕެޕަރ ސްޕްރޭ ސީދާ މީހުންގަޔަށް ޖަހާކަމަށްވެސް އެމްޑީޕީންވަނީ ބުނެފައެވެ.