Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

އިބޫ، ރިޔާޒް، ފަލާހް އަދި ސަމީރު ފުލުހަށް ހާޒިރު ކުރަނީ

ފުލުހުންގެ ސަފުތައް ފަޅާލި މައްސަލައިގެ ތަހްގީގަށް ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރަކާއި ޖުމްހުރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް ސަމީރު ފުލުސް އިދާރާ އަށް ހާޒިރުވާން އަންގައިފި އެވެ.

އެގޮތުން މާފަންނު ހުޅަނގު ދާއިރާގެ މެމްބަރ މުހައްމަދު ފަލާހު ފުލުހަށް ހާޒިރުވާން ޖެހެނީ މިއަދު މެންދުރު ފަހު 3 ޖަހާއިރަށެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހަވީރު 5 ޖަހާއިރު ފުލުހަށް ހާޒިރުވާން ޖެހޭއިރު ޖުމްހުރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް ސަމީރު ފުލުހަށް ހާޒިރުވާން ޖެހެނީ މިރޭ 8 އިރަށެވެ.

ކުރީގެ ކަމިޝްނާ އޮފް ޕޮލިސް އަދި މިހާރުގެ ކިނބިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ރިޔާޒު ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މިރޭ 9 ޖަހާއިރަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފުލުސް އިދާރާއަށް ހާޒިރު ކުރާއިރު ފުލުހުން ބުނެފައިވަނީ ފުލުހުންގެ ސަފުތައް ފަޅާލި މެމްބަރުންގެ މައްސަލަ ތަހްގީގު ކުރާނެ ކަމަށެވެ.