Last Updated: June 23, 06:01
Tuesday, June 23, 2026
ޚަބަރު

މޫނު ނިވާކޮށްގެން ބަޔަކު ކެފޭއަކަށް ވަދެ މީހަކު ޒަހަމްކޮށްލައިފި

ސަން ފޮޓޯ

މޫނު ނިވާކޮށްގެން ތިބި ބަޔަކު މާލޭގެ ކެފޭއަކަށް ވަދެ މީހެއްގެ ބޮލަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ހިނގާފައި ވަނީ ޓާމިނަލް ކެފޭ ތެރޭގަ އެވެ. މިހާދިސާގައި އަނިޔާވި މީހާ އަށް އޭޑީކޭގައި ފަރުވާ ދެމުން އަންނަ އިރު ލިބިފައިވާ ގެއްލުމުގެ ތަފްސީލެއް ސާފެއް ނުވެއެވެ.

ފުލުހުން ދަނީ މި ހާދިސާ ހިނގި ކެފޭ ސަރަހައްދު ބަންދުކޮށް ތަހްގީގު ކުރަމުންނެވެ.