Last Updated: June 22, 17:33
Monday, June 22, 2026
ޚަބަރު

އަމީތު ފުލުހުންގެ ބެލުމުގެ ދަށަށް

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނާ މުޙައްމަދު އަމީތު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އަމީތު ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރަކާ އެކު އޭނާ ދިރިއުޅޭ ގެ، ހ. ކަސްތޫރިމާގެއަށް ފުލުހުން ގޮސްފައެވެ. އަމީތު ވަނީ ފުލުހުން އޭނާ ހޯދުމަށް އައިސްފައިވާ ކަން ޓުވީޓަކުން ކަށަވަރުކޮށް ދީފަ އެވެ.

ޓުވީޓުގައި އަމީތުވަނީ މި އަޒުމެއް ނުގުޑާނެ ކަމަށާއި ފަހަތަށް ނުޖެހޭނެ ކަމަށް ވިދާޅުވެ ސަޕޯޓަރުންނަށް ހިތްވަރުދީފައެވެ.

މެމްބަރު އަމީތު ހައްޔަރުކޮށްފައިވަނީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް އަދި ސާފުވެފައެއް ނުވެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި އަމީތުވެސް ހައްޔަރުކޮށްފައިވަނީ ހޯމަ ދުވަހު މަޖިލީހުގެ އިދާރާ ބަންދުކޮށްފައިވަނިކޮށް ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ދިއުމުގެ ސަބަބުންނެވެ.

މިކަމާއި ގުޅިގެން މިހާތަނަށް ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ.