Last Updated: June 23, 06:01
Tuesday, June 23, 2026
ޚަބަރު

ބޮލަށް ވަޅި ހަރައި ޒަހަމްކޮށްލި ޒުވާނާ މަރުވެއްޖެ

މާލޭގެ ކެފޭ އެއްގައި އިންދައި ބޮލަށް ވަޅި ހަރާލި ޒުވާނާއަށް އޭޑީކޭ ހޮސްޕިޓަލގައި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.

މޫނު ނިވާކޮށްގެން ތިބި ހަތަރު މީހަކު ގޮސް ބޮލަށް ވަޅި ހަރާލުމުގެ ސަބަބުން މަރުވެފައި ވަނީ، ހއ.ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ) އެވެ.

ބުރާސްފަތި ދުވަހު އިރުއޮއްސި 6:30 ހާއިރު ހިންގާފައިވާ މި މާރާމާރީގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.