Last Updated: June 23, 06:01
Tuesday, June 23, 2026
ޚަބަރު

މެމްބަރު ސައުދު ނުފެނިގެން ހޯދަން ފަށައިފި

ގއ. ވިލިނގިލީ ދާއިރާގެ މެމްބަރު ކަމުގައި ހުންނަވަނިކޮށް މަޖްލިސް ގޮޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކަމިޝަނުން ނިންމާފައިވާ ސައުދު ހުސެއިން ހޯދުމަށް ފުލުހުން އާއްމުކޮށް އިއްލާންކޮށްފިއެވެ.

ސައުދު ހޯދުމަށް ފުލުހުން އާއްމުކޮށް އިއްލާން ކޮށްފައި މިވަނީ މީގެ ދެ ދުވަސް ކުރިން ކޯޓު އަމުރެއްގެ ދަށުން ސައުދު ހައްޔަރު ކުރުމަށްފަހު ކޯޓު އަމުރުގައި މައްސަލައެއް ހުރެގެން ދޫކޮށްލުމަށްފަހުއެވެ.

ސައުދު ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ ހުލާސާގައި ލިޔެފައި އޮތީ މެމްބަރު އަމީތުގެ ވާހަކައެވެ. އެހެންވެ ހައްޔަރު ކުރުމުގެ އިޖުރާތާއި ހިލާފުވެފައި އޮތުމުން ސައުދު ވަނީ ދޫކޮށްލާފައެވެ.

ސައުދު ހޯދުމަށް މަސަތްކަތް ކުރަނީ އިދިކޮޅު މަޖިލިސް މެންބަރުން ފުލުހުންގެ ސަފު ފޫއަޅުވާލައި މަޖިލީހުގެ ގޯތިތެރެއަށް ވަތް މައްސަލާގަ އެވެ.

ސައުދު ހޯދުމަށް އިއްލާން ކޮށްފައިވާ އިރު ބުރާސްފަތި ދުވަހުގެ ރޭ މަޑުއްވަރީ ދާއިރާގެ މެމްބަރު ކަމުގައި ހުންނަވަނިކޮށް ގޮޑި ގެއްލުނު ކަމަށް އިލެކްޝަނުން ނިންމާފައިވާ އަމީތުވެސް ވަނީ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައެވެ.