Last Updated: April 30, 14:02
Wednesday, April 30, 2025
ދުނިޔެ

އެލެޕޯ ޒޫގެ ހައްޔަރުގައި ތިބި ޖަނަވާރުތައް ސަލާމަތްކޮށްފި

އެލެޕޯގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހަލާކުވެ ވީރަނާވެފައިވާ ޒޫގައި ހައްޔަރުވެފައި ތިބި ޖަނަވާރުންތައް ސަލާމަތްކޮށްފި އެވެ.

ސަލާމަތް ކުރެވުނު ޖަނަވާރުންގެ ތެރޭގައި ސިންގާ އާއި މިނިކާވަގާއި ސާރިދޯޅު ވެސް ހިމެނެއެވެ. އެ ހުރިހާ ޖަނާވަރުތައް ވަނީ މިހާރު ހުޅަނގު ތުރުކީގައި ހުންނަ ރީހެބިލިޓޭޝަން ސެންޓަރަކަށް ގެންދެވިފައެވެ.

އެ ޖަނަވާރުތައް ސަލާމަތް ކުރުމުގެ މަސައްކަތް ކޮށްފައި ވަނީ ޗެރިޓީއެއް ކަމަށްވާ 'ފޯ ޕޯސް' އާއި ތުރުކީގެ ތިމާވެއްޓާއި ބެހޭ މިނިސްޓްރީ އާއި ގުޅިގެންނެވެ.

ސަލާމަތްކުރެވުނު ހުރިހާ ޖަނަވާރުތަކަށް މިހާރު ދަނީ ޑޮކްޓަރުން ފަރުވާ ދެމުންނެވެ. އަދި ރީހެބިލިޓޭޓް ކުރުމަށްފަހު އެ ހުރިހާ ޖަނަވާރުންނަށް ވެސް އާ ގެތައް ހޯދައިދިނުމުގެ މަސައްކަތް ކުރެވޭނެ އެވެ.