Last Updated: April 25, 22:42
Thursday, April 25, 2024
ރިޕޯޓް

ބަރުދަން ލުއި ކުރަން މި ވެސް އެހީއަކަށް ވެދާނެ

ބަރުދަނާ ދޭތެރޭ ފިކުރު ބޮޑު ވަނީ ހެއްޔެވެ؟ މާ ބޮޑަށް ފަލަހެން ހީވަނީ ހެއްޔެވެ؟ އެހެން ވިއްޔާ އަވަހަށް ހިކެން މަސައްކަތް ކުރާށެވެ. ބަރުދަން ލުއިކޮށްލެވޭނީ ވެސް އެކަންކޮށްގެންނެވެ.

އެކަމަކު ދެން ސުވާލަކަށް ވާނީ ބަރުދަން ލުއި ކުރަން ކެއުމުގެ އާދަތަކަށް ގެންނަންވީ ކޮން ބަދަލެއްތޯ އެވެެ؟

1. ގްރީން ޓީ

ކެފެއިން އަކީ ބަރުދަން ލުއިކޮށްދޭ އެއްޗެއް ނޫނެވެ. އެހެންނަމަވެސް ކެޓެކިން ނަމަކަށް ކިޔާ އެންޓިއޮކްސިޑެންޓަކީ މެޓަބޮލިޒަމް އާއި ސަރުބީ ވިރުން އަވަސްކޮށްދޭ ބާވަތެކެވެ. ގްރީން ޓީ ގައި މެޓަބޮލިޒަމް އަވަސްކޮށްދީ ބަރުދަން ލުއިކުރުމުގައި އެހީވެދޭ ވަރަށް ގިނަ މާއްދާތަކެއް އެކުލެވިގެންވެއެވެ. މީގެ އިތުރުން ގްރީން ޓީ ބުއިމަކީ ބަރުދަން އިތުރުކޮށްދޭ އެލްޑީއެލް ކޮލެސްޓްރޯލް މަދުކުރުމުގައި ވެސް އެހީތެރިވެދޭ ކަމެކެވެ.

2. އާފަލު

ލަފާކުރެވޭ ގޮތުގައި އާފަލެއްގައި 4-5 ގްރާމް ފައިބާ ހުރެއެވެ. އެހެންކަމުން އާފަލަކީ ވަރަށް ފޮނި އަދި މީރު އެއްޗަކަށް ވުމުގެ އިތުރުން ގިނައިރު ވަންދެން ބަނޑު ފުލްކޮށް ބަހައްޓައިދޭ އެއްޗެއްވެސް މެއެވެ. މީގެ އިތުރުން ވެސް ހަށިގަނޑަށް ކޮންމެހެން ބޭނުންވާ ވިޓަމިންތަކާއި މިނަރަލްތައް ލިއްބައިދޭ އެންޓިއޮކްސިޑެންޓްތައް ވެސް އާފަލުގައި ހުރެއެވެ.

3. ބޮޑު މިރުސް (ބެލް ޕެޕާ)

ބޮޑު މިރުހަކީ ވަރަށް ގިނަ ކުލަތަކުން ލިބެން ހުންނަ އެއްޗެކެވެ. އެގޮތުން ރަތް، ފެހި އަދި ރީނދޫ ބޮޑު މިރުސް ވެސް ހުރެއެވެ. އެއިން ކޮންމެ ކުލައެއް މިރުހަކީ ވެސް ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވިގެންވާ މިރުހެވެ. އޭގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ގިނަ ވިޓަމިންތަކެއް ލިއްބައިދެއެވެ. ކައްކަން އެޅުމުގެ އިތުރުން ބޭނުންނަމަ ހުހަށް ވެސް ބެލް ޕެޕާ ކެވިދާނެ އެވެ.

4. އެވޮކާޑޯ

އެވޮކާޑޯ އަކީ ޑައިޓް ކުރުމުގައި އާންމުކޮށް ބޭނުންކޮށް އުޅޭ މޭވާއެއް ނޫނެވެ. އެހެންނަމަވެސް އެވޮކާޑޯގައި ގިނަ އަދަދަކަށް ފައިބާ އާއި ޕްރޮޓީން ހުރުމުގެ ސަބަބުން އެއީ ބަރުދަން ލުއިކުރުމުގައި އެހީވެދޭ އެއްޗެކެވެ. އެވޮކާޑޯ ގައި ފެޓްސް ހުންނަކަމުގައި ވިޔަސް، އޭގައި ހުންނަ ހަށިގަނޑަށް ރަނގަޅު 'މޮނޮއަންސެޗުރޭޓެޑް' ފެޓްސް އެވެ.

5. އެލްމަންޑް

މިއީ ވަރަށް ގިނަ ވިޓަމިން އާއި ނިއުޓްރިއެންޓް އެކުލެވިގެންވާ އެއްޗެކެވެ. އެގޮތުން އެއް މުށް އެލްމަންޑް އިން ވެސް ވަރަށް ގިނަ ހަކަތަ ހަށިގަނޑަށް ލިއްބައިދެއެވެ. މީގެ އިތުރުން ގިނައިރު ބަނޑު ފުރިފައި ހުރުމަށް ވެސް އެހީތެރިވެދެއެވެ. އެހެންނަމަވެސް ޗޮކްލެޓާއި ލޮނު ލާފައި ހުންނަ އެލްމަންޑް އަކީ ކެއުން ރަނގަޅު އެއްޗެއް ނޫނެވެ.

6. ބިސް

ބިހުގެ ހުދުބައި ކެއުމަކީ ވަރަށް ބޮޑަށް ބަރުދަން ލުއިކޮށްދޭ ކަމެކެވެ. އެއީ ބިހުގެ ހުދު ބައަކީ ޕްރޮޓީން ގިނަ އަދަދަކަށް އެކުލެވިގެންވުމާއި އެކު ގިނައިރު ބަނޑު ފުރިފައި ހުރުމަށް އެހީވެދޭ އެއްޗަކަށް ވާތީ އެވެ. ބިހުގެ ހުދު ބައަކީ ހެނދުނު ނާސްތާ ކުރުމުގައި ކެއުން ވަރަށް ރަނގަޅު އެއްޗެކެވެ.

7. ފޮނިތޮށި

ކާބޯތަކެއްޗަށް ހަކުރު އެޅުމުގެ ބަދަލުގައި ކުޑަ ފޮނިތޮށި ކޮޅެއް އަޅާށެވެ. އެއީ ހަކަތަ އިތުރުކޮށްދިނުމުގެ އިތުރުން އިންސުލިން ހަށިގަނޑުގެ ތެރެއަށް ރިލީޒްވާ މިންވަރު ލަސްކޮށްދޭ ކަމެކެވެ. ފޮނިތޮށި އަކީ ފޮނި ރަހަދޭ، ހަށިގަނޑަށް ފައިދާހުރި އެއްޗެކެވެ.ބަރުޔބަެުބަރު