Last Updated: June 29, 21:20
Monday, June 29, 2026
ޚަބަރު

އޭ 380 ސުޕަ ޖަމްބޯ އުފެއްދުން ހުއްޓާލައިފި

މަޝްހޫރު ވައިގެ އުޅަނދުތައް އުފައްދާ ކުންފުނި ކަމަށްވާ ޔޫރަޕްގެ އެއާބަސް އިން ވަނީ އެކުންފުނީގެ އޭ380 ސުޕާޖަމްބޯ އުފެއްދުން މިއަހަރުގެ ތެރޭގައި ދެވަނަ ފަހަރަށް ހުއްޓާލައިފި އެވެ.

އޭ380 ސުޕާޖަމްބޯގެ ޑެލިވަރީގެ އަދަދު މިއަންނަ 2018 ވަނަ އަހަރު 15 އިން 12 އަށް އަދި 2019 ވަނަ އަހަރު 8 އަށް ވެއްޓޭނެ ކަމަށް އެއާބަސް އިން ވަނީ ބުނެފައެވެ.

އެކުންފުނީގެ ޗީފް އެގްޒެކެޓިވް ޓޮމް އެންޑާސް ބުނާ ގޮތުގައި ކައިރި މުސްތަޤްބަލުގައި އޭ380 ގެ ވިޔަފާރި ކުރިއެރުމުގެ ފުރުސަތު އެހާ ބޮޑު ނޫން ކަމަށެވެ.

ފާއިތުވި ދެ އަހަރުގެ ތެރޭގައި އޭ380 ގެ ބޯޓެއް އުފެއްދުމުގެ އެއްވެސް އޯޑަރެއް އެއާބަސް އަށް ލިބިފައި ނުވެއެވެ. އެކުންފުނީގެ މަތިންތާ ބޯޓްތަކުގެ ފިޔަތައް އުފައްދަނީ އުތުރު ވޭލްސް ގެ ބްރޯޓަން ގައި ހުންނަ ފެކްޓްރީ އަކުންނެވެ.

ބުރާސްފަތު ދުވަހު އާންމުކުރި އެއާބަސްގެ ދެވަނަ ކުއާޓަރުގެ ފައިދާއަށް ބަލާއިރު، ފައިދާތައް ވަނީ 27% ދަށްވެފައެވެ.