ރާޖޭޝް ކައްނާ ޑިމްޕަލް ކަޕާޑިއާ އަށް އުފަން ބޮލީވުޑްގެ ތަރި އަދި ލިޔުންތެރިޔާ ޓްވިންކަލް ޚައްނާ ދަނީ އޭނާގެ ތިންވަނަ ފޮތް ނެރުމަށް ތައްޔާރުވަމުންނެވެ.
އަކްޝޭ ކުމާރްގެ އަންހެނުން ޓްވިންކަލް ވަނީ މީގެ އަހަރުތަކެއް ކުރިން ބޮލީވުޑްގެ ގިނަ ފިލްމްތަކުން ފެނިފައެވެ. އެހެންނަމަވެސް އޭނާ ވަނީ ފިލްމް އިންޑަސްޓްރީ އަށް އަލްވަދާއު ކިޔުމަށްފަހު ލިޔުންތެރިއަކަށް ވެފައެވެ. މިސް ފަނީބޯންސްގެ ނަމުން މަޝްހޫރުވެފައިވާ ޓްވިންކަލް ވަނީ މީގެ ކުރިން ވެސް ދެ ފޮތާއި އެއް ކުރު ވާހަކަ ފޮތް ނެރެފައެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި ޓްވިންކަލް މިހާރު ދަނީ އޭނާގެ ތިން ވަނަ ފޮތް އަންނަ ނޮވެމްބަރު މަހު ނެރުމަށް ތައްޔާރުވަމުންނެވެ.
ޖަގަރނޯޓް ބުކްސްގެ ހެޑް އޮފް ބިޒްނަސް ޑިވެލޮޕްމެންޓް ކަމަށްވާ އަނީޝް ޗަންޑީ ވަނީ ޓްވިންކަލް ގެ ފޮތެއް ނޮވެމްބަރު މަހު ރިލީޒް ވާނެ ކަމުގެ ޚަބަރު ކަށަވަރު ކޮށްދީފައެވެ.