ޗެލްސީ ކޯޗު ޓޮޓެންހަމްއަށް އިހުތިރާމު ކުރުމަށް ކޯޗު މާރިއޯ ޕޮޗެޓީނޯ ގޮވާލައިފިއެވެ.
ކޮންޓޭ ދާދި ފަހުން ނޫސްވެރިންނާ ބައްދަލުކޮށް ސްޕާސްއަށް ފާޑުކިޔުމާއި ގުޅިގެން ޕޮޗެޓީނޯ ވަނީ ރުޅިގަދަވެ އޭނާގެ ޓީމާއި ކުޅުންތެރިންނަށް އިހުތިރާމް ކުރަން ޖެހޭ ކަމަށް ބުނެފައެވެ.
ކޮންޓޭ ބުނެފައިވަނީ އަންނަ ސީޒަނުގައިވެސް ޓޮޓެންހަމްއަށް ލީގު ލިބޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. ޖަވާބުގައި ޕޮޗެޓީނޯ ބުނެފައިވަނީ އޭނާގެ ޓީމާއި އެހެން މެނޭޖަރުން "އަޅައިގެނެގެން" އުޅޭތީ ހިނި އަންނަ ކަމަށެވެ.
އަދި އޭނާ އެހެން ހުރިހާ މެނޭޖަރުންނާއި ޓީމުތަކަށް އިހުތިރާމު ކުރާ ކަމަށާއި އެހެން މެނޭޖަރުންވެސް އޭނާގެ ޓީމާއި ކުޅުންތެރިންނަށް އިހުތިރާމު ކުރަން ޖެހޭ ކަމަށް ކޮންޓޭ ބުނެފައިވެއެވެ.
މިދިޔަ ސީޒަނުގައި ޓޮޓެންހަމް ލީގު ނިންމާލީ ޗެލްސީގެ ފަހަތުގައި ދެވަނައިގައި އޮވެއެވެ. އޭގެ ކުރީ ސީޒަނުގައިވެސް ލީގު ހޯދުމާ ގާތަށް ޕޮޗެޓީނޯގެ ޓީމު އައިސްފައިވާއިރު ސީޒަނުގެ ފަހުކޮޅު ޓީމުވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހި ތިންވަނައަށް ވެއްޓިފައެވެ.