Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ހިތަދޫ ފްލެޓްތައް އަހަރު ނިމުމުގެ ކުރިން ހަވާލު ކުރާނަން: މުޢިއްޒު

ނިމިގެން ދިޔަ ރޯދަމަސް ނިމުމާއި އެކު އައްޑޫގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓް ހަވާލު ކުރާނެކަމަށް ބުނެފައިވަނިކޮށް، އެޔުނިޓްތައް އަހަރު ނިމުމުގެ ކުރިން ހަވާލު ކުރާނެކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން އިމާރާތް ކުރެއްވި ހައުސިން ޔުނިޓްތަކުގެ ހައްގުވެރިންނާއި މިއަހަރު ނިމުގެ ކުރިން ހަވާކލު ކުރާނެކަމަށެވެ.

މުއިއްޒު މިފަދައިން ވިދާޅުވިއިރު ހައުސިން މިނިސްޓްރީން ތަފާތު ފަހަރުމަތިން އެކި ތާރީހްތައް ވަނީ ދީފައެވެ. ނަމަވެސް ހައުސިން ޔުނިޓް ހަވާލު ކުރުމަށް މަސައްކަތް ކުރަމުންދާތަނެއް ނުފެނެއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައުސިން ޔުނިޓް ހަވާލު ނުކުރެވިގެން އުޅެނީ އެ ފްލެޓްތަކަށް ކަރަންޓް ނުދެވުމާއި ނަރުދަމާ އެޅިފައި ނެތުމުންނެވެ. ކަރަންޓް ގުޅެން އަންނަނީ ހިތަދޫ މަރުކަޒީ އިންޖީނުގޭގެ ކަރަންޓް ކެޕޭސިޓީ މަތި ކުރެވި ފްލެޓްތަކަށް ކަރަންޓް ގުޅުމަށް އެސަރަހައްދުގައި ޓްރާންސްފޯމަރ ބެހެއްޓުމުންނެވެ. އެ މަސައްކަތް އަދިވެސް ނުކުރެވެއެވެ.

ފްލެޓްގެ ނަރުދަމާގެ ކަންކަން ފުރިހަމަ ކުރެވެން އޮތީ ހިތަދޫގައި ނަރުދަމާ އެޅިގެންނެވެ. އެމަަސައްކަތްވެސް އަދި ނިމޭނެ ތާރީހެއް ނޭގެއެވެ.