Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

"މަރުތަޅު" އެޅުނީ އިންސާފުން ޤައުމު ނުހިންގާތީ: އަލީ

ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމު ފަރުމާކޮށްފައި އޮތީ "މަރުތަޅު" އެޅޭ ގޮތަށް ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅަށް ކެންދޫ ދާއިރާގެ މަޖިލިސް މެންބަރ އަލީ ޙުސައިން ރައްދު ދެއްވައިފިއެވެ.

އަލީ ޙުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، 'މަރުތަޅު' އެޅެނީ އިންސާފުން ރަނގަޅަށް ޤައުމު ހިންގަން ނޭނގޭތީ ކަމަށެވެ.

"މަރުތަޅު އެޅުވޭ ގޮތަށް ޤާނޫނު އަސާސީ ހަދާފައި އޮތީ އޮޅިގެން ނޭނގިގެނެއް ނޫން. އިންސާފުން ރަނގަޅަށް ޤައުމު ނުހިންގާތީ ޑެޑްލޮކް އެޅުނީ."

މިނިވަން ދުވަހު ޤައުމާއި މުޚާތަބު ކުރައްވަމުން،ރައީސް ޔާމީން ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑު ފަރުމާކުރެވިފައިވަނީ ރައީސަކަށް ހުންނަ މީހާ، އެއް އަތް ފަހަތަށް ބަނދެގެން ރައްޔިތުންގެ ކުރިމައްޗަށް ނެރެވޭގޮތަށް ކަމަށެވެ.

ރައީސް ޔާމީންގެ މިހެން ވިދާޅުވުމުގެ ސަބަބުން ގިނަބައެއްގެ ފާޑުކިޔުންތައް އެމަނިކުފާނަށް ފާޑުކިޔުންތައް އަމާޒުވެފައިވާ ކަން ފާހަގަކޮށްލެވެއެވެ.