މިދިޔަ ހޯމަ ދުވަހުގެ ރޭ ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަޙީދު(ލޯޔަރު ވައްޑެ) ހައްޔަރުކުރުމުގައި އަމަލުކޮށްފައިވަނީ ގާނޫނާއި ޚިލާފަށް ކަމަށް ވައްޑެގެ ވަކީލު، މަޙުފޫޒު ސައީދު ވިދާޅުވެއްޖެއެވެ.
މަހްފޫޒް ސައީދު ވިދާޅުވެފައިވަނީ ވައްޑެ ހައްޔަރުކޮށްފައިވަނީ އިޖުރާއަތުގެ ގާނޫނާއި ޚިލާފަށް ގާނޫނީ އިންޒާރު ދިނުމެއް ނެތިއެވެ.
އިޖުރާއަތުގެ ގާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގައި ކުށެއްގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރުކޮށްފިކަން އަންގާ ހިނދު އޭނާއަށް ދޭން ޖެހޭ ގާނޫނީ އިންޒާރު ދޭންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
އަދި އެމީހަކަށް ހަނުހުރުމުގެ ހައްގާއި ސުވާލަށް ޖަވާބު ދިނުމުގެ ހައްގުވެސް ލިބިގެންވާ ކަންވެސް ހައްޔަރުކުރާއިރު ފުލުހުން ބުނެދޭން ޖެހޭނެ ކަމަށް މަހްފޫޒް ސައީދު ވިދާޅުވެފައިވެއެވެ.