މިދިޔަ އަންގާރަ ދުވަހު ހަވީރު ކެފޭއެއްގެ ތެރޭގައި ހުއްޓާ ބޮލަށް ވަޅި ޖަހައި ޒަހަމްކޮށްލި ޒުވާނާއަށް ފަރުވާ ދެމުން ދަނިކޮށް އިއްޔެ ހަވީރު ނިޔާވެފައިވަނިކޮށް ރޭ އަނެއްކާވެސް އިތުރު ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
މައުލޫމާތުލިބިފައިވާ ގޮތުގައި ރޭ ދަންވަރު 12:30 ހާއިރު ޒަހަމްކޮށްލާފައި އޮތް ޒުވާނަކު ފުލުހުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. މާވެޔޮމަގުގައި ހިނގި މިހާދިސާގައި ޒަހަމްވި ޒުވާނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ އިރު އޭނާއަށް ލިބިފައިވާ ގެއްލުމުގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
މާލޭގައި ގްރޫޕް މާރާމާރީ އިތުރުވެ، ތޫނު އެއްޗެހިން ހަމަލާ ދެމުން އަންނަ އިރު މިކަން ފުލުހުންނަށް ކޮންޓްރޯލެއް ނުކުރެވެއެވެ. އަދި މިކަމުގައި ބައިވެރިވާ މީހުން ހޯދައި ނުގަނެވޭކަންވެސް ފާހަގަކުރެވެއެވެ.