Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ރައީސް ޔާމީން ކުއްލި ގޮތަކަށް ފުލުހުންގެ އިދާރާ އަށް

ރައީސް އަބްދުﷲ ޔާމީން ކުއްލިގޮތަކަށް ފުލުހުންގެ މައި އިދާރާ އަށް ވަޑައިގެންފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން މިހާރު ގެންދަވަނީ ފުލުހުންގެ އިސްވެރިންނާއި ބައްދަލުކުރައްވަމުންނެވެ. މި ބައްދަލުކުރެއްވުމާއި ބެހޭގޮތުން އެއްވެސް ތަފްސީލެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލަ ހިނގި ދުވަސްވަރު ވެސް ރައީސް ޔާމީން ކުއްލިގޮތަކަށްޝަހީދު ހުސެއިން އާދަމް ބިލްޑިންގަށް ވަޑައިގެން ފުލުހުންގެ އިސް އޮފިސަރުންނާއި ބައްދަލުކުރެއްވިއެވެ. އެ ބައްދަލުވުމަށް ފަހު، ކޮމިޝަނަރ އޮފް ޕޮލިސް އާއި ފުލުހުންގެ ބައެއް މަޤާމްތަކަށް ބަދަލު އައިކަން ފާހަގަކޮށްލެވެއެވެ.

ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ވަޑައިގެންފައި ވާއިރު، ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ބައެއްގެ މައްސަލަތަކެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.