Last Updated: July 3, 05:36
Friday, July 3, 2026
ޚަބަރު

އެސްޔޫއެލް މުވައްޒަފުންގެ މިދިޔަ މަހުގެ މުސާރަ ނުލިބި!

ސަދަން ޔުޓިލިޓީޒް ލިމިޓެޑް (އެސްޔޫއެލް) ގެ މުވައްޒަފުންގެ މިދިޔަ މަހުގެ މުސާރަ އަދިވެ ސް ނުލިބޭ ކަމަށް ބުނެ އެ ކުންފުނީގެ ބައެއް މުވައްޒަފުން ޝަކުވާ ކުރަން ފަށައިފި އެވެ.

އެސްޔޫއެލްގެ މުވައްޒަފަކު މިއަދު ބުނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު މުސާރަ ސްލިޕް މުވައްޒަފުންނާއި ހަވާލުކޮށްފައިވާ އިރު މިއަދާ ހަމަައަށް މުސާރަ ޖަމާކޮށް ދީފައި ނުވާ ކަމަށެވެ.

މިދިޔަ މަހުވެ ސް އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަ ޖަމާކޮށް ދީފައި ވަނީ ފެބްރުއަރީ 8 ހިސާބުގައި އެވެ. އެސްޔޫއެލް މުވައްޒަފުން ބުނީ ފެނަކަ ކޯޕަރޭޝަންގެ ދަށަށް އެސްޔޫއެލް ބަދަލުވި ފަހުން މަހު މުސާރަ ބަރާބަރަށް ނުލިބޭ ކަމަށެވެ. އަދި މިކަމުގައި ފެނަކަގެ އިސްވެރިންގެ ނާގާބިލް ކަމަށް އެ މުވައްޒަފުން ވަނީ ފާޑުކިޔާފަ އެވެ.

ކުރީގެ މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު ފަހުން އެކުލަވާލި ފެނަކަ ކޯޕަރޭޝަނުން އަންނަނީ އައްޑޫ ރައްޔިތުން ކަރަންޓް ބިލަށް ދައްކަމުންދާ ފައިސާ އިން މުޅި އެކޯޕަރޭޝަން ހިންގުމަށް ހަރަދު ކުރަމުންނެވެ.
އެހެންވެ އައްޑޫ ރައްޔިތުން ދޭތެރެ ދޭތެރެ އިން ކަރަންޓްގެ ހިދްމަތުން މަހުރޫމު ވެ ތިބޭ އިރު އެސްޔޫއެލް މުވައްޒަފުން ތިބެނީ މަސް ނިމޭ އިރު މުސާރަ ނުލިބި ސަލާން ޖަހަން އަތްދިއް ކުރާ ހިސާބުގަ އެވެ.

ނަމަވެސް ފެނަކަ އިސްވެރިން އަންނަނީ ހިތުހުރި ގޮތަކަށް އަންނަ ރިއާސީ އިންތިހާބަށް ޕީޕީއެމްގެ "ޔަގީން ޓީމް" އާ އެކު ކެމްޕެއިން ކުރައްވަމުންނެވެ.