އިންޑިއާއިން ރާއްޖެ ކަނޑައަޅުއްވާފައިވާ ސަފީރު އަކިލޭޝް މިޝްރާ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އާއި ބައްދަލު ކުރައްވައިފި އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހް ހަލަބޮލި ވެފައިވާ މި ދަނޑިވަޅުގައި ހޯމް މިނިސްޓަރާއި މިޝްރާ ބައްދަލު ކުރެއްވިއިރު މި ބައްދަލުވުމުގެ ތަފްސީލެއް ހޯމް މިނިސްޓްރީންވެސް އަދި އިންޑިއާ ހައިކަމިޝަނުންވެސް ހާމަކޮށްފައި ނުވެއެވެ.
Was glad to call on H.E. Mr Azleen Ahmed, Minister of Home Affairs of #Maldives. Varah Bodah Shukriya, Manikufaanu @AzleenAhmed . pic.twitter.com/SDyo8HODCQ
— Akhilesh Mishra (@AkhileshIFS) July 30, 2017
މިޝްރާ ވަނީ އިއްޔެ މެންދުރު ޖުމްހުރީ ޕާޓީގެ މައި ޖަގަހަ ކުނޫޒުގައި ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް އާއި ބައްދަލު ކުރައްވާފައެވެ. މީގެ އިތުރުން ރާއްޖޭގެ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު އާއިވެސް މިޝްރާ ވަނީ ބައްދަލު ކުރައްވާފައެވެ.
Was glad to call on Hon'ble MP @qasimibrahim, the Leader of @jumhooree Party. Varah Bodah Shukriya, Manikufaanu. pic.twitter.com/UI2sMC7CTO
— Akhilesh Mishra (@AkhileshIFS) July 30, 2017
އިންޑިއާ ސަފީރު ރާއްޖޭގެ ސިޔާސީ ވެރިންނާއި ބައްދަލު ކުރައްވަމުން އަންނަ އިރު ނިމިގެން ދިޔަ ހަފްތާގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ވަނީ ރާއްޖޭގެ ރައްޔިތުންނަށް ސުލްހަ މަސަލަސްކަން ގާއިމްވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.
އިންޑިއާއިން ފާއިތުވި ދުވަސްތަކުގައި ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭގޮތުން މާބޮޑު ވާހަކައެއް ނުދައްކަވައެވެ. ނަމަވެސް އީޔޫ އަދި އެމެރިކާއިން އަންނަނީ ރާއްޖޭގެ ސިޔާސީ މަސްރަހްގައި ހިނގަމުންދާ ކަންކަމާއި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.