Last Updated: April 26, 17:23
Friday, April 26, 2024
ޚަބަރު

ޑިކްޓޭޓަޝިޕަކަށް މި ގާނޫނޫ އަސާސީ ތަނެއް ނުދޭ: އިބޫ

މިހާރު އަމަލު ކުރެވެމުންދާ ފެހި ގާނޫނު އަސާސީއަކީ ކޮންމެ މީހަކު ނުވަތަ ކޮންމެ ބާރަކުން ބޭނުން ގޮތަކަށް ކަންކަން ކުރެވޭ ގޮތަށް އޮތް ގާނޫނު އަސާސީއެއް ނޫން ކަމަށާއި މިއީ ޑިކްޓޭޓަރޝިޕެއް ހިންގުމަށް ޖާގަދޭނެ ޤާނޫނު އަސާސީއެއް ނޫންކަމަށް ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުގެ އިސްވެރިންނާއި އެކު ރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި މިނިވަން ދުވަހު ރައީސް އަބްުﷲ ޔާމީން ދެއްވި ތަގްްރީރުގައި ގައުމުގެ އޮނިގަޑުވަނީ "ޑެޑްލޮކް" އެޅުވޭ ގޮތަށްކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން އިބޫ ވިދާޅުވީ ގާނޫނު އަސާސީން މީހަކު ހިތުހުރި ގޮތަކަށް ވެރިކަން ނުކުރެވޭނެކަމަށެވެ.

އިބޫ ވިދާޅުވީ ގާނޫނުއަސާސީ ޑްރާފްޓްކޮށް ފާސްކޮށްފައި ވަނީ އެއްވެސް މީހަކު ބޭނުންހާ ކަމެއް ބޭނުން ގޮތަކަށް ބޭނުން ވަގުތަކު ކުރެވޭ ގޮތަކަށް ނޫން ކަމަށެވެ. އަދި އެ ގާނޫނުއަސާސީ އިންތަކެއް އެބަހުރި ކަމަށާއި ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކަށް ކަންތައްތައް ކުރެވޭނެ ގޮތްތަކެއް ވެސް އެބަހުރި ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

"އެހެންކަމުން އަޅުގަނޑު ވަރަށް އިހުލާސްތެރިކަމާއެކު މިދަންނަވަނީ ދުރަށް ޖެހިވަޑައިގަންނަވާށޭ،"

އޭނާ ވިދާޅުވި އެވެ.

މިހާރު ގާނޫނު އަސާސީ އޮތް ގޮތުން ރައީސުލް ޖުމްހުރިއްޔާއަށް ކުރެއްވޭނެ ކަންތަކާއި، ރައްޔިތުންގެ މަޖްލިސްއަށް ކުރެއްވޭނެ ކަންތަކާއި އަދި ޖުޑިޝަރީއަށް ކުރެއްވޭނެކަން އެބަހުރި ކަމަށެވެ. ނަމަވެސް ގާނޫނު އަސާސީގެ ތެރެއިން ރައީސް ޔާމީނަކަށް ވެރިކަން ކުރައްވަން އެނގިވަޑައި ނުގަންނަވާކަމަށް އިބޫ ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި އިބޫ ވަނީ ސަރުކާރުން ކުރައްވަމުންދާ ތަރައްޤީގެ ބިޔަ މަޝްރޫއުތަކަށް ވެސް ފާޑު ވިދާޅުވެފައެވެ. އެގޮތުން އިގްތިސާދީ އެޖެންޑާއެއް ހިތްޕަވައިގެން ވަޑައިގެން ގައުމު މިހާރު ދަރަނިވެފައިވާ މިންވަރު ހާމަކުރެއްވިއެވެ.