Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

މިއަދު ޔާމީނާ އެކު ތިބި މެންބަރުންގެ އަދަދު ފެންނާނެ: މަހުލޫފް

މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ޔާމީނަށް ތާއީދު ކުރާ މެންބަރުންގެ އަދަދު ސާފުވެގެން ދާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރ އަހްމަދް މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވެފައި މި ވަނީ މަޖިލީހުގައި ތިއްބެވި ޕީޕީއެމްގެ ބައެއް މެންބަރުން ސަރުކާރާއި ދެކޮޅަށް ނިކުންނާނެ ކަމާށް އިދިކޮޅު ފަރާތްތަކުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

"މިއަދަކީ ރައީސް ޔާމީން އާއި އެކު ތިއްބެވި މަޖިލިސް މެންބަރުންގެ އަދަދު ރައްޔިތުންނަށް ސާފުވާނެ ދުވަހެއް"

ޕީޕީއެމް/އެމްޑީއޭ ކޯލިޝަނުން ގިނަ އަދަދެއްގެ މަޖިލިސް މެންބަރުން އިސްތިއުފާ ދެއްވާފައި ވާއިރު، އޭގެ ތެރެއިން ބައެއް މެންބަރުން އިދިކޮޅު ފަރާތްތަކާއި ގުޅޭނެ ކަމަށް ދެކެވޭ ވާހަކަތައް ޕީޕީއެމުން ވަނީ މީގެ ކުރިން ދޮގުކޮށްފައެވެ.

ޕީޕީއެމް ދޫކޮށް އިދިކޮޅު ފަރާތްތަކާއި ގުޅުނު ތިން މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

އެ ތިން މެންބަރުންނަކީ މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތު އާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިން އެވެ. އެ ބޭފުޅުން ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ ސަފުތައް ފަޅާލުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެފައިވާ ކަމަށް ބުނެއެވެ.

މީގެ އިތުރުން ވެސް މަޖިލިސް މެންބަރުންނަށް ރިޝްވަތު ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ވެސް ހައްޔަރުކޮށްފައިވާ ކަން ފާހަގަކޮށްލެވެއެވެ.