ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮޑިކޮޅު ވަށައިގެން ސިފައިން ބައިތިއްބައިގެން މަޖްލިސްގައި ބާއްވަން މަސައްކަތް ކުރަމުން އަންނަ އިރު އިދިކޮޅު ބައެއް މެމްބަރުން ބޭރުކުރުމަށް ސިފައިން މަސައްކަތް ކުރަމުން އެބަދެއެވެ.
މަޖިލިސް ރައީސް އިންނަވާ މޭޒުކޮޅު ކައިރިން ހުރިހާ މެންބަރުން ދުރުކޮށް އިދާރީ މޭޒުކޮޅާއި މަޖިލިސް ރައީސްގެ މޭޒުކޮޅުގެ ވަށައިގެން ސިފައިން މިހާރު ވަނީ އެތުރިފައެވެ.
މެމްބަރުގެ ރިޔާސަތު ގޮޑި ކައިރިވާ މެމްބަރުން ދުރުކުރުމަށް ސިފައިން މަސައްކަތް ކުރަމުންދާ ކޮންމެ ވަގުތަކު އިދިކޮޅު މެމްބަރުން ދަނީ ސިފައިން ވަށާލައި މެމްބަރުން ބޭރު ނުކުރެވޭނެކަމަށް ބުނެ ދެކޮޅު ހަދަމުންނެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، މަޖްލިސް ޗެމްބަރ ތެރެއަށް ސިފައިން ވައްދައިގެން މަޖްލިސްގެ ރައީސްގެ ގޮޑި ހިސޯރުކޮށްގެން ކުރަމުންދާ މަސައްކަތަކީ ސީދާ ގާނޫނު އަސާސީ އާއި ހިލާފްކަމެއް ކަމަށެވެ.އިބޫ ވިދާޅުވީ މަޖްލިސް ނުފެށެނީސް ޗެމްބަރަށް ސިފައިން ވައްދައިގެން އިދިކޮޅު މެމްބަރުން ބޭރު ނުކުރެވޭނެކަމަށެވެ.
މަޖިލިސް ރައީސް އިންނަވާ މޭޒުކޮޅު ކައިރިން ހުރިހާ މެންބަރުން ދުރުކޮށް އިދާރީ މޭޒުކޮޅާއި މަޖިލިސް ރައީސްގެ މޭޒުކޮޅުގެ ވަށައިގެން ސިފައިން މިހާރު ވަނީ އެތުރިފައެވެ.