ސިފައިންގެ ފައުޖަކާ އެކު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށަން ކުރި މަސައްކަތް ވެސް ނާކާމިޔާބު ވެއްޖެއެވެ.
މީގެ ކުޑައިރުކޮޅެއް ކުރިން މަޖިލީހުގެ ޖަލްސާ ފެށުމަށް މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި މަސީހު މަޖިލީހުގެ ޗެމްބަރަށް ވަޑައިގަތީ ވެސް ގިނަ އަދެދެއްގެ ސިފައިންގެ ހިމާޔަތުގައެވެ.
ސިފައިންގެ އެހީތެރިކަމާއި އެކު މަޖިލީހުގެ ޖަލްސާ ފެށިތާ ކުޑައިރުކޮޅެއް ނުވަނީސް މަސީހް ވަނީ ޗެމްބަރުން ނުކުމެވަޑައިގެންފައެވެ. މަސީހު ޖަލްސާ ނިންމެވި ކަން އިއުލާންކޮށްފައި ނުވި ނަމަވެސް މީގެ ކުޑައިރުކޮޅެއް ކުރިން މެންބަރު ނިހާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލާފައިވާ ކަމަށެވެ.