Last Updated: June 23, 06:01
Tuesday, June 23, 2026
ޚަބަރު

މުޅި މަޖިލީހުގައި ސިފައިން، ޗެމްބަރުގައި އެކަނި ވެސް 44 ސިފައިން!

ގިނަ އަދަދެއްގެ ސިފައިންނާއި އެކު މަޖްލިސްގެ ރައީސް އަބްދުﷲ މަސީހު މަޖްލީހުގެ ޗެމްބަރއަށް ވަނުމާއި ޖަލްސާ ހޫނުވެ، މަޖްލިސްގެ ރައީސްގެ އިސްތިއުފާއަށް ގޮވައި އަޑުގަދަ ކުރަން ފެށުމުން ޖަލްސާ ފެއްޓެވުމަށްފަހު ޗެމްބަރ ދޫކޮށްވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރ އަލީ ނިޒާރު ވިދާޅުވީ މަޖްލިސްގެ ފްލޯގައި ސިފައިންގެ 44 ބޭކަލުން ތިއްބެވިކަމަށެވެ. އެއީ ވެރިކަން ކުރާ ޕީޕީއެމް މަޖްލިސް މެމްބަރުންނަށްވުރެވެސް ގިނަ ބޭކަލުންނެވެ.

މަޖްލިސް ޗެމްބާރ ދޫކޮށް މަސީހު ވަޑައިގަތުމުން މިހާރު އިދިކޮޅު މެމްބަރުންތިބީ ޗެމްބަރުން ބޭރުގައެވެ. ޗެމްބަރ ދޮރުމަތީގައި ގިނަ އަދަދެއްގެ ސިފައިން ފޯރިއަށް ތިބި އިރު އިދިކޮޅު މެމްބަރުންނާއި ސަރުކާރަށް ތާއިދުކުރާ މެމްބަރުންނާއި ދެމެދު ދަނީ ބަހުގެ ހަމަލާ ބަދަލު ކުރައްވަމުންނެވެ.

މައްޗަންގޯޅި އުތުުރު ދާއިރާގެ މެމްބަރ އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅވީ ސިފައިންނަށް ވޯޓު ލުމަށް ލިބިދީފައިވާ ހައްގުވެސް ނިގުޅައިގެންފައިވަނީ ސިފައިންގެ ވޯޓުވެސް ނުލިބޭނެތީކަމަށެވެ.

މަޖްލިސްގެ އިދާރާއަށް ބަލާއިރު މަޖްލިސްގެ ޗެމްބަރގެ އެތެރެއާއި ބޭރުގައި ގިނަ އަަދަދަކަށް ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

ތަފްސީލް އަންނަނީ….