މާފުށީ ޖަލުގައި މިވަގުތު ބަންދުކޮށްފައި ހުރި، ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ ޝަރީއަތުގައި މިހާރު ކުރިއަށް ދާ އަޑުއެހުންތައް މެދުކަނޑާލައި، މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވުމުގެ ފުރުސަތު ދޭން ނިންމައިފިއެވެ.
މިއަދުގެ ޝަރީޢަތުގެ އަޑުއެހުމުގައި، ފާރިސްގެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، މަޖިލީހުގެ ޖަލްސާއަކަށް މެންބަރަކު ހާޒިރުވުމަށް ޝަރީއަތުން ހުރަހެއް ނާޅާނެ ކަމަށާއި އެހެން ކަމުން ދެން ޝަރީއަތުގެ އަޑުއެހުމެއް އޮންނާނީ މިއަދުގެ ހަވީރު ކަމަށެވެ.
ކޯޓުން މިގޮތަށް ނިންމި ނަމަވެސް، އެހެން ނަމަވެސް އޭނާ މަޖިލީހަށް ހާޒިރުކުރަން އަދި ކަރެކްޝަންސް އަކުން ނިންމާފައެއް ނުވެ އެވެ.
ފާރިސްގެ މައްޗަށް ޝަހުސް އޮޅުވާލި ކަމުގެ ދައުވާ އުފުލީ، ޕީޕީއެމްގެ ލޯގޯ އާއި ދިދަ ގަވާއިދާ ޚިލާފަށް ބޭނުންކުރެއްވި ކަމަށް ބުނެ އެވެ.