Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ފާރިސް މަޖިލީހަށް ހާޒިރު ނުކޮށް އަނބުރާ ޖަލަށް

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ޝަހުސު އޮޅުވާލިކަމުގެ ދައުވާގެ އިބްތިދާއީ އަޑުއެހުމުގެ ޝަރީއަތުގެ މަޖްލިސް މެދުކަނޑާކުމަށް ފަހު މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވުމުގެ ފުރުސަތު ދޭން ކްރިމިނަލް ކޯޓުގެ ގާޒީ ދެއްވި ނަމަވެސް ފާރިސް މަޖްލިސްްއަށް ނުގެންގޮސް އަނބުރާ ޖަލަށް ގެންގޮސްފިއެވެ.

ފާރިސް މަޖްލިސްގެ ޖަލްސާއަށް ވަޑައިގެންނެވުމަށް ފުރުސަތު ދެއްވުމުގެ ގޮތުން ޝަރީއަތް މެދު ކަނޑާލި ނަމަވެސް ކަރެކްޝަނަލް ސާވިސްއިން ފާރިސް ވަނީ މަޖްލިސްއަށް ގެންގޮސް ނުދެއްވާފައެވެ.

ކަރެކްޝަނަލް ސާވިސްއިން ބުނީ ފާރިސް މަޖްލިސްއަށް ގެންދިއުމަށް އަންގާފައި ނުވާކަމަށެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ކުށެއްގެ ތުހުމަތުގައި ބަންދުގައި ހުންނަ މެމްބަރަކު މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކަށް ހާޒިރުކޮށްދޭން ޖެހެ އެވެ. އެކަމަކު ފާރިސްގެ ކުރިން ހައްޔަރުކުރި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވެސް މަޖިލީހަށް ހާޒިރުކޮށެއް ނުދެ އެވެ.

ފާރިސް ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައިވަނީ މަޖްލިސްގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލާގައި މަޖްލިސް މެމްބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމުގެ ތުހުމަތުގައެވެ.