Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

މަޖްލިސްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެތަނުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވަމުން އެބަދެއެވެ.

ސިފައިންގެ ފުރިހަމަ ބެލުމުގެ ދަށުގައި ހުރި މަޖްލިސް އިދާރާގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ މަޖްލިސް މެމްބަރުން ބޭނުން ކުރާ ފާހާނާ ބަރީގެ ތެރޭގައި އިލްކްޓްރިކް ޝޯޓެއް ވެގެންނެެވެ.

އިރުއޮއްސި 6 ޖަހާކަށް ހާއިރު ހިނގި މިހާދިސާގައި ބޮޑު ގެއްލުމެއް ލިބިފައި ނުވާކަމަށް މައުލޫމާތުލިބެއެވެ.

ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި މީގެ ކުރިންވެސް އަލިފާނުގެ އިތުރު ހާދިސާއެއް ވަނީ ހިނގާފައެވެ. ނަމަވެސް އެފަހަރުވެސް ބޮޑު ގެއްލުމެއް ލިބިފައިނުވެއެވެ.