Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ގަރާޖަަކަށް ވަދެ ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

ލިޓަސް ގަރާޖު، ފޮޓޯ: ރާއްޖެއެމްވީ

މާލޭގެ ގަރާޖަކަށް ގްރޫޕަކުން ވަދެ ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޅިން ހަމަލާ ދީފައިވަނީ "ލިޓަސް ސާވިސް ސެންޓަރ"ގައި ހުރި ޒުވާނަކަށެވެ. އޭނާއަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައިކަމަށް މައުލޫމާތު ލިބެއެވެ.

މަންޒަރު ދުށް މީހަކު "އައްޑޫލައިވް"އަށް ބުނީ އެޒުވާނާ ދުވެފައި އައިސް ލިޓަސް ސާވިސް ސެންޓަރަށް ވަނީ ފަހަތުން އައި ގްރޫޕަކުން ސަލާމަތް ވާން ކަމަށެވެ. ނަމަވެސް ގްރޫޕުން ގަރާޖު ތެރެއަށް ވަދެ އެ ޒުވާނާ "ކޮށާލާފައި" ގޮސްފައިވާ ކަމަށެވެ.

މިހާދިސާގައި ޒަހަމްވި ޒުވަނާއަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ އިރު އޭނާގެ މެޔަށާއި ކަރަށް ފުންކޮށް ވަޅި ހަރާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ތަފްސީލް އަންނަނީ…..