Last Updated: June 29, 21:20
Monday, June 29, 2026
މުނިފޫހިފިލުވުން

އެމެރިކާގެ އެކްޓަރު ސޭމް ޝެފާޑް މަރުވެއްޖެ

މަޝްހޫރު އެކްޓަރު އަދި ޕްލޭރައިޓް ސޭމް ޝެފާޑް މަރުވެއްޖެ އެވެ.

އޭނާ މަރުވި އިރު އުމުރަކީ 73 އަހަރެވެ.

ޝެފާޑް ވަނީ 40 އަށް ވުރެ ގިނަ ޑްރާމާ ލިޔެފައެވެ. އަދި އޭނާ ލިޔުނު ޑްރާމާ "ބަރީޑް ޗައިލްޑް" އަށްޓަކައި 1979 ވަނަ އޭނާ އަށް ވަނީ ޕުލިޓްޒާ ޕްރައިޒް ވެސް ލިބިފައެވެ.

ނަވާރަސަތޭކަ އަށްޑިހަ ތިން ވަނަ އަހަރު ރިލީޒް ކުރެވުނު ފިލްމް ކަމަށްވާ "ދަ ރައިޓް ސްޓަފް" ގައި އޭނާ އަދާ ކުރި ރޯލަށްޓަކައި އޭނާ ވަނީ އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ ބައިން އޮސްކާ އަށް ނޯމިނޭޓް ވެސް ވެފައެވެ.

މީގެ އިތުރުން ވެސް ޝެޕާޑް ވަނީ "ބްލެކް ހޯކް ޑޯން" ފަދަ ފިލްމްތަކުގައި އެކްޓްކޮށްފަ އެވެ.

އޭނާ މަރުވެފައި ވަނީ ބުރާސްފަތި ދުވަހު ކެންޓަކީ ގައި ހުންނަ އޭނާގެ ގޭގައި ކަމަށް އޭނާގެ އާއިލާ އިން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ޝެޕާޑް މަރުވެފައި ވަނީ 'މޮޓޯ ނިއުރޯން ޑިޒީސް' ނުވަތަ އޭއެލްއެސް އަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.

އޭނާގެ އެންމެ ފުރަތަމަ މުހިންމު ރޯލަކުން ފެނިފައި ވަނީ 1978 އަހަރު ރިލީޒް ކުރެވުނު ޓެރެންސް މަލިކް ގެ "ޑޭސް އޮފް ހެވެން" އިންނެވެ.

ޝެޕާޑް މަރުވިއިރު އޭނާގެ ތިން ކުދިން ދުނިޔޭގައި އެބަތިއްބެވެ.