Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ގާސިމަށް ކުރާ ރިޝްވަތު ދިނުމުގެ ދައުވާގެ އަޑު އެހުމެއް މިއަދު

ޖުމްހުރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ މައްޗަށް އުފުލާފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވިކަމުގެ ތުހުމަތުގެ ދައުވާގެ އަޑުއެހުމެއް މިއަދު ބާއްވަން ކްރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އެ ދައުވާގެ އަޑުއެހުން ތާވަލްކޮށްފައިވަނީ މެންދުރު 13:30 އަށެވެ.

ޤާސިމްގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް ވަނީ އުފުލާފައެވެ. އެގޮތުން މަޖްލިސް މެމްބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމުގެ ތުހުމަތުގެ ދައުވާގެ އަޑުއެހުމެއް އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ މި ޖުލައިމަހުގެ 25 ވަނަ ދުވަހުއެވެ. މިގޮތުން އެދުވަހުގެ އަޑުއެހުމުގައި ވަނީ ވަކީލަކު އައްޔަނު ކުރުމަށް ޤާސިމް އިބުރާހިމަށް 10 ގަޑިއެއްހާއިރުގެ ފުރުސަތެއްދީ 25 ވަނަ ދުވަހުގެ ރޭ އިތުރު އަޑުއެހުމެއް ބޭއްވުމަށް ނިންމާފައެވެ. އެހެން ނަމަވެސް އެ ރޭ ބާއްވަން ތާވަލުކުރި އަޑުއެހުން ޤާސިމް އިބުރާހިމްގެ ސިއްޙީ ހާލުކޮޅު ހުރިގޮތުން ވަނީ އެމަނިކުފާނު ކޯޓަށް ހާޞިރު ކުރިފަހުން ކެންސަލްކޮށްފައެވެ.

ގާސިމްގެ މައްޗަށް އުފުލާފައިވާ ދައުވާ މީގެ ކުރިން ކްރިމިނަލް ކޯޓުން ވަނީ ބޭރުކޮށްފައެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ޝަރީއަތް މަޖްލިސްއަށް ހާޒިރު ނުވުމުން އެ މައްސަލަ ވަނީ ކޯޓުން ބޭރުކޮށްލާފައެވެ. ނަމަވެސް ދެވަނަ ފަހަރަށް ޕީޖީން މައްސަލަ ކޯޓަށް ހުށަހެޅުމުން ކުރީގެ ޝަރީއަތް ހުއްޓާލި ހިސާބުން އަނެއްކާވެސް މިވަނީ ޝަރީއަތް ފަށާފައެވެ.