Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ރައީސް ޔާމީން ކޯޓްތަކަށް ނުފޫޒު ފޯރުވާ: ނަޝީދު

ރައީސް އަބްދުﷲ ޔާމީން ޝަރުޢީ ކޯޓުތަކަށް ނުފޫޒު ފޯރުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފި އެވެ.

ނަޝީދު މިގޮތަށް ތުހުމަތު ކުރައްވާފައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ މިއަދު ކޯޓަށް ހާޒިރުކުރާތީ އެކަމާއި ގުޅިގެން މީގެ ކުޑައިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައެވެ.

ނަޝީދުގެ ޓްވީޓުގައި ވަނީ، ގާސިމް ކޯޓަށް ހާޒިރުކުރާ ގަޑިއަށް ވީހާވެސް ގިނަބަޔަކު ކޯޓު ދޮށަށް ދިއުމަށް ވެސް ގޮވާލައްވާފައެވެ.

ކޯޓުތަކަށް ރައީސް ޔާމީން ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު ނަޝީދުގެ އިތުރުން ސިޔާސީ ގިނަ ފަރާތްތަކުން ގެންދަވަނީ ކުރައްވަމުންނެވެ. އެހެން ނަމަވެސް ރައީސް ޔާމީން ވިދާޅުވެފައި ވަނީ ގާނޫނު އަސާސީއާ ގާނޫނުތަކާއި އެއްގޮތަށް މިއަދު މުއައްސަސާތައް ހިނގަމުންދާ ކަމަށާއި ކޯޓު ތަކުގެ މަސައްކަތްތަކަށް އެމަނިކުފާނު ނުފޫޒު ފޯރުވަމުން ނުގެންދަވާ ކަމަށެވެ.