މަރުގެ މައްސަލަތަކުގެ ހަރުދަނާ ތަހުގީގެއް ހިންގުމުގެ ނިޔަތެއް ސަރުކާރުގެ ނެތްކަން ހާމަވެއްޖެ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރ އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
އީވާ މިގޮތަށް ވިދާޅުވެފައި ވަނީ މާލޭގައި މިހާރު ހިނގަމުން ގެންދާ މާރާމާތީތަކުގެ އަޑީގައި ކުރީގެ ރައީސް މައުމޫން ހުންނެވި ކަމަށް ދޭހަވާ ގޮތަކަށް ފިޝަރީޒް މިނިސްޓަރ ޑރ.މުހައްމަދު ޝައިނީ ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.
ޝައިނީ އަށް ރައްދު ދެއްވަމުން އީވާ ވިދާޅުވެފައި ވަނީ، އަވަސް އަރުވާލާފައި އިދިކޮޅު ސިޔާސީ ފަރާތެއް ބަދުނާމު ކުރުމަކީ ސަރުކާރުން މަރުގެ މައްސަލަތަކުގެ ހަރުދަނާ ތަހުގީގެއް ކުރަން ބޭނުން ނުވާ ކަން ހާމަވާ ކަމެއް ކަމަށެވެ.
ޝައިނީ ކުރެއްވި ޓްވީޓެއްގައި ވަނީ މާރާމާރީއާއި ހުޅުޖެހުމުގެ ފަހަތުގައި ހުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށް ތުހުމަތު ކުރައްވާފައެވެ.