1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ގައި ތަމަޅަ ޓައިގަރުންގެ އަތުން ދިވެހި ޤައުމު ސަލާމަތް ކުރުމުގައި އިސްދައުރެއް އަދާކުރެއްވި، ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.
އިބްރާހިމް ދީދީ ފުލުސް އިދާރާއަށް ހާޒިރު ކުރަނީ ފުލުހުންގެ ސަފުތައް ފަޅާލައި ގަދަކަމުން ރައްޔިތުންގެ މަޖިލީހަށް ވަން މައްސަލާގައެވެ. އެމައްސަލަގެ ބަޔާން ނެގުމަށް އިބްރާހިމް ދީދީ ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ރޭ 8 ޖަހާއިރަށެވެ.
އިބްރާހިމް ދީދީގެ މައްޗަށް މިހާރުވެސް ވަނީ ޓެރަރިޒަމްގެ ދައުވާ ދައުލަތުން އުފުލާފައެވެ.