އެކުވެރިކަމުގެ ފުޓްބޯޅަ މެޗްތަކެއް ކުޅުމަށް މިހާރު މާލެ ގޮސްފައިވާ ޝަންގްރިއްލާގެ ފުޓްބޯޅަ ޓީމާއި ވަންއެންޑް އޮންލީ ރީތި ރަށް ބައްދަ ލުކުރި މެޗް 4-4 އިން އެއްވަރުވެއްޖެ އެވެ.
އިއްޔެ ރޭ ދަންވަރު ޝަންގްރިއްލާ ޓީމު މާލެ ގޮސް ރޭ 9.00 މާފަންނު ޓާފްގައި ކުޅުނު މެޗްގައި ޝަންގްރިއްލާއަށް ލަނޑު ޖަހައި ދީފައި ވަނީ އެ ޓީމުގެ އަދުނާނު އާއި ޝިޔާންގެ އިތުރުން ތިލްމީޒު (ބިއްޑޭ) އެވެ.
ޝަންގްރިއްލާ އިން ބުނީ އެ ރިސޯޓުގެ ޓީމު މާލެ ގޮސް ތިބެނީ ޓްރޭޑާސް ހޮޓަލުގައި ކަމަށެވެ. އެގޮތުން 22 ކުޅުންތެރިންނާއި 5 އޮފިޝަލުން މާލެ ގޮސްފައިވާ ކަމަށް އެ ރިސޯޓުން ބުނެ އެވެ.
އައްޑޫގެ މަޝްހޫރު ގިނަ ކުޅުންތެރިން ހިމެނޭ ޝަންގްރިއްލާ ޓީމުން މިރޭ ވެސް އެކުވެރިކަމުގެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.
މޯލްޑިވިއަންގެ އެދުމުގެ މަތިން މިރޭ 9.00 ޖަހާ އިރު މޯލްޑިވިއަން އާ ދެކޮޅަށް ޝަންގްރިއްލާ ކުޅޭނެ އެވެ.