Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

އިންޑިޔާގެ ފަރުބަދަމަތީ އަވަށެއް ފެނަށް ޖެހިއްޖެ

ދުނިޔޭގެ އެންމެ އުސް އަވަށުގެ ރައްޔިތުންނަށް ފެން ނުލިބުމުގެ ދަތިކަން ކުރިމަތިވެއްޖެއެވެ.

އުތުރު އިންޑިޔާގެ ފަރުބަދަ މަތީގައި އޮންނަ ސްޕިޓީ އަވަށުގެ އޮންނަ ކޮމިކްގެ ރައްޔިތުންނަށް ފެނުގެ ދަތިކަން ކުރިމަތިވެފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެ ހޫނުވުމުގެ ސަބަބުންނެވެ.

އެެންމެ 130 މީހުންގެ އާބާދީއެއް އޮންނަ ކޮމިކްގެ ރައްޔިތުން ބުނެފައިވަނީ އެމީހުންނަކީ ޒަމާނުއްސުރެ އެކަނި ދިރިއުޅެން އާދަވެފައިވާ ބައެއް ކަމަށެވެ. ބޭރު ދުނިޔެއަށް ބަރޯސާނުވެ އެމީހުން ދިރިއުޅެނީ ދަނޑުގޮވާން ކޮށްގެން ލިބޭ ކާއެއްޗެހި ކައިގެން، ކޯރުތަކުން ލިބޭ ފެނުންނެވެ.

ނަމަވެސް ދުނިޔެ ހޫނުވެ، ކޯރުތައް ހިކެމުންދާން ފެށުމުން ކޮމިކްގެ ރައްޔިތުންނަށް ވަނީ ފެން ލިބުމުން މަޙްރޫމުވާން ކައިރިވެފައެވެ. އިންޑިޔާގެ އެތައް ރަށަކަށް ފެނުގެ ދަތިކަން ކުރިމަތިވަމުން އަންނައިރު ރައްޔިތުން ތިބީ މައި ސަރުކާރުގެ އެހީއަކަށް އެދިގެންނެވެ.