Last Updated: August 2, 14:02
Saturday, August 2, 2025
ޚަބަރު

މަޖިލިސް "ހިސޯރު ކުރި" ޑިފެންސް މިނިސްޓަރަށް ފިޔަވަޅު އަޅަން ޖެހޭ

މިދިޔަ ހަފްތާގެ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލިސް ބަންދުކޮށް، ހިސޯރު ކުރުމަށް ޑިފެންސް މިނިސްޓަރު އެމްއެންޑީއެފްގެ އޮފިސަރުންނާ ބައްދަލުކޮށް އޮޅުވާލަން މަސައްކަތް ކުރިކަން ބަލައި ފިޔަވަޅު އެޅުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ޑިފެންސް މިނިސްޓަރަށް ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައިވާއިރު އެމްއެންޑީއެފް އިިން ބުނެފައި ވަނީ އެ ދުވަހު މަޖިލީހުގައި ހަރަކާތްތެރިވީ މަޖިލިސްގެ އިދާރާގެ އެދުމުގެ މަތީން ކަމަށެވެ.

އަދި އެދުވަހު ފުލުހުން މަޖިލިސް ތެރެއަށް ވަދެފައިވަނީ އެމްއެންޑީއެފްއިން އެހީތެރިކަމަށް އެދުމުން ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ހޯމަ ދުވަހު މަޖިލީހުގެ މެމްބަރުން ފުލުހުންނާއި ސިފައިންގެ ސަފުތައް ފޫއަޅުވާލައި، މަޖިލީހުގެ ތެރެއަށް ވަދެފައިވާއިރު އޭގެ ތެރެއިން ބައެއް މެމްބަރުންނަކީ ގޮނޑި ގެއްލިފައިވާ މެމްބަރުން ކަމަށް ކަނޑައަޅާފައިވާ މެމްބަރުންނަށް ވާތީ އެމެމްބަރުން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ހައްޔަރުކޮށްފައިވަނީ ތުލުސްދޫ ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަދި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިންއެވެ.