މާލޭގެ ފިހާރައަކުން ނޮކިއާ ފޯނެއް ވަގަށް ނެގި މީހަކު ތިން މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ނޮކިއާ ފޯނެއް ވަގަށް ނެގިކަމުގެ ކުށް ސާބިތުވެ ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ މާލޭ ޝާކިރީހިޔާ ޙަމްދާން އަލީ އެވެ.
އޭނާ ވަގަށް ނަގާފައި ވަނީ ނޮކިއާ 1280 މޮޑެލްގެ (ބައްތި ފޯނެއް) ފޯނެކެވެ.
ހަމްދާންގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 211 ވަނަ މާއްދާގެ ދަށުން ވައްކަން ކުރުމުގެ ކުށުގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުން ޖުލައި 19 ގައި އޭނާ ޖަލަށް ލުމަށް ހުކުމް ކުރި އިރު ފޯނު ވަގަށް ނެގި ކަމަށް ޝަރީޢަތުގައި ވެފައިވާ ޢިއުތިރާފުގެ މައްޗަށް ބިނާކޮށެވެ.