ހުޅުމީދޫގެ ނަރުދަމާގެ މަސައްކަތަށް ބޭނުންވާ ހޮޅިތައް އައްޑު އަށް ގެނެސްފި އެވެ.
ނަރުދަމާ ގާއިމްކުރުމަށް ބޭނުންވާ ހޮޅިތައް ހުޅުމީދޫ އަށް ގެނެސްފައިވާ އިރު، އެ މަޝްރޫޢުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެ އެވެ.
ހުޅުމީދޫ ނަރުދަމާ ނިޒާމްގެ މަސައްކަތް ރަސްމީކޮށް ފެށީ މިދިޔަ އެޕްރީލް މަހުގެ 28 ގަ އެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ލަންކާގެ ސިއެރާ ކުންފުންޏާ އެވެ.
ހައުސިން މިނިސްޓްރީން ޖުލައި މަހުގެ 5 ވަނަ ދުވަހު ނެރުނު އިއުލާނެއްގައި ވަނީ ނަރުދަމާގެ ހިދުމަތަށް އެދުމުގެ ފުރުސަތު މިއަދުން ފެށިގެން އޯގަސްޓު މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައެވެ. އެ މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި މުއްދަތުގައި ހިދުމަތަށްް އެދޭ ގޭބިސީތަކަށް ހިލޭ ހޮޅި ގުޅައިދެވޭނެއެވެ.
ހުޅުމީދޫގައި ނަރުދަމާގެ ނިޒާމުގެ މަސައްކަތް 2018 ވަނަ އަހަރުގެ މާރޗް މަހުގެ ނިޔަލަށް ނިންމަން ޖެހެ އެވެ.