Last Updated: June 29, 21:20
Monday, June 29, 2026
ޚަބަރު

ޔޫތުގެ ޕީއެސްއަކަށް ފާތިމަތު މުނާ

ޔޫތް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީކަމަށް ގއ. ވިލިނގިލީ، ވާދީއާގެ، ފާތިމަތު މުނާ އައްޔަންކޮށްފިއެވެ.

އޭނާ އަކީ މީގެ ކުރިން ހުންނެވީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ކޯޕަރޭޓް އެފެއާޒް ޑިރެކްޓަރުގެ މަޤާމުގައެވެ. މީޣެ އިތުރުން ވެސް އޭނާ ވަނީ މީގެ ކުރިން ސަރުކާރުގެ ގިނަ މަޤާމްތަކެއް ފުރުއްވާފައެވެ.

ޔޫތު މިނިސްޓްރީގައި އެކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މުނާ އެ މަޤާމަށް އައްޔަން ކުރައްވާ މަޤާމުގެ ފަތްކޮޅު ދެއްވީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް އެވެ.

މުނާއަކީ ބެޗެލަ އޮފް ބިޒްނަސް މެނޭޖްމަންޓް އެންޑް މާކެޓިންގެ ޑިގްރީ ހާސިލްކުރެއްވުމަށް ފަހު ބިޒިނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ.