Last Updated: June 29, 21:20
Monday, June 29, 2026
ޚަބަރު

ފާރިސްގެ ބަންދުގެ އިސްތިއުނާފު ޝަރީއަތް މާދަމާ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބަންދުގައި ބަހައްޓަން ނެރުނު އަމުރު އިސްތިއުނާފް ކުރި މައްސަލައިގެ ޝަރީޢަތް މާދަމާއަށް ތާވަލްކޮށްފިއެވެ.

އެގޮތުން ފާރިސްގެ އިސްތިއުނާފްގެ އަޑުއެހުން ތާވަލްކޮށްފައި ވަނީ މާދަމާ ހެނދުނު 09:00 އަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ފާރިސް ހައްޔަރު ކޮށް، އެ މައްސަލައިގެ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.

އެ މައްސަލާގައި ފާރިސްގެ ފަރާތުން ހައި ކޯޓްގައި އިސްތިއުނާފަށް ހުށައަޅާފައި ވަނީ ޖުލައި 23 ގައެވެ.